ދިވެހިރާއްޖެ
ރ. މީދޫ ބަނދަރުގެ ދެކުނުކޮޅުގައި އޮތް ނަންބަރު C-09 ބިމުގައި (ރިޝްވާ އެންޓަރޕްރައިސަސްއަށް ތެލުގެ ވިޔަފާރިކުރުމަށް ކުރިން ދޫކުރި ބިން) ތެލުގެ ވިޔަފާރި ކުރުމަށް، އެބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ބީލަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖޫން 2022 ވާ (އާދީއްތަ) ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނަ، ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ. ބީލަން ހުށަހެޅުމާއި، ކެނޑުން އޮންނާނީ 30 ޖޫން 2022 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައެވެ. ބީލަން ހިއްޕަވައިގެން ވަޑައިގަންނަވާއިރު، ހުށަހަޅުއްވާ ލިޔެކިޔުން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ އެދެވިގެންވާކަމެވެ.
މި ބިމަށް ކުރިމަތިލާ ފަރާތްތަކަށް ހުށަހެޅޭނެ އެންމެ ދަށް އަގެއްކަމުގައި ކައުންސިލުން ނިންމާފައިވަނީ:
- އަކަފޫޓަކަށް 3.00 (ތިން ރުފިޔާ) އެވެ.
- ކުއްޔަށް ދޫކުރެވޭ ބިމުގެ ބޮޑު މިނަކީ 800 އަކަފޫޓެވެ.
މި ބިމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭން ކައުންސިލުން ނިންމާފައިވަނީ:
- ހުށަހަޅާ އެންމެ މަތީ އަގަށް 65% (ފަސްދޮޅަސް ފަސް އިންސައްތަ)
- މާލީ ޤާބިލްކަމަށް 15% (ފަނަރަ އިންސައްތަ)
- ތަޖުރިބާއަށް 10% (ދިހަ އިންސައްތަ)
- ސީ.އެސް.އާރު އަށް 10% (ދިހަ އިންސައްތަ)
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.