ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމިއަތޮޅު ނިލަންދޫގައި ހަދާ ލައިސަންސް ޓްރެކް އިންފާރާއި ގާފޮޅުތައް ރާނާއި ސިމެންތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާނު
- މިއަތޮޅު ނިލަންދޫގައި ލައިސަންސް ދޫކުރުމަށް ހަދާ ޓްރެކްގެ ('120×'120) އިންފާރާއި ގާފޮޅުތައް ރާނާއި ސިމެންތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތުގެ އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ލައިސަންސް ޓްރެކްގެ އިންފާރާއި ގާފޮޅުތައް ރޭނުމުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަމްބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.
20 ޛުލްޤައިދާ 1443
20 ޖޫން 2022
20 ޖޫން 2022
ހޯދާ