ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާން

މި އޮތޯރިޓީގެ ނަންބަރު IUL)221-HRS/221/2022/52) އިއުލާނާއި ގުޅިގެން އިންޓާންގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ މިމަޤާމަށް އަލުން އިއުލާނުކުރަމެވެ.

 ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

 ކޯޕަރޭޓް ސަރވީސް ޑިވިޜަން / އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް ސެކްޝަން 

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ބޭނުންވާ މުއްދަތު:

 01 (އެކެއް) އަހަރު

 އެލަވަންސް:

 ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/165 ރުފިޔާ

 މަސައްކަތްކުރަންޖެހޭ ވަގުތު:

 08:00 ން 15:00 އަށް

 މައިގަނޑު މަސައްކަތް


  • މި އޮތޯރިޓީއަށް ހޯދަންޖެހޭ އެންމެހައި ތަކެއްޗާއި ޚިދުމަތްތައް މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ހޯދުމުގައި ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިވެދިނުން.
  • އޮފީހަށް ގަންނަން ބޭނުންވާ މުދަލާއި ތަކެތި ގަތުމަށް ބިޑް ކުރަންޖެހޭ ހާލަތްތަކުގައި ބިޑިންގެ ކަންތައްތައް ކުރުމާއި، ބިޑް ޑޮކިއުމަންޓާއި އެގްރިމަންޓް ހެދުމާއި ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ، ކަމާގުޅޭ ސެކްޝަންތަކުގެ އެހީއާއިއެކު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  • އޮފީހުގެ ތަންތަނާއި މެޝިނަރީއާއި އިކިއުޕްމަންޓްސްތައް މަރާމާތުކުރުމަށް ބޭނުންވާ ހުއްދަ ހޯދާ އެކަންކަންކުރުން.
  • ސެކްޝަނަށް ދުވަހުން ދުވަހަށް އަންނަ ލިޔެ ކިއުންތަކަށް ޖަވާބުދިނުމާއި، އެންޓްރީކޮށް ބެލެހެއްޓުމަށް އެހީތެރިވުން.
  • އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި އޮތޯރިޓީން ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

 ތައުލީމީ ފެންވަރު:

 

  • ސާނަވީ އިމްތިހާނުގެ 'ދިވެހި' އަދި 'އިސްލާމް ' މާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުގެ އިތުރު 3 މާއްދާއިން  ދައްވެގެން 'ސީ' ފާސް ލިބިފައިވުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. 
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
20 ޖޫން 2022
ހޯދާ