ދިވެހިރާއްޖެ
`
|
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ހިތަދޫ، ދިވެހިރާއްޖެ
ނަންބަރ: (IUL)404-ESMS/404/2021/29
ވަޒީފާގެ ފުރުޞަތު
އިޢުލާނު |
|
މަޤާމު: |
ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-337153 އަދި J-337152 |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ ލ. ހިތަދޫ |
މުސާރަ: |
-/5610 ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/2000 ރ (ދެހާސް ރުފިޔާ) |
އެހެނިހެން އެލަވަންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 700.00 ރުފިޔާ. |
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 2 ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3 ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 4 ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 5 މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ސިޓީ، އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 6 ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން. 7 ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ ލަފަޔާއި އިންޕުޓް ދިނުން. 8 ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީގައި، އަތޮޅުގައި ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުން. 9 ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެދިނުން. 10 ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ރަށުގައި ހިންގަމުންދާ ހުރިހާ ޕްރޮޖެކްޓްތަކެއް މެނޭޖް ކުރުމާއި ކައުންސިލަށް ކުރަންޖެހޭ ރިޕޯރޓްކުރުން އަދި ބީ އޯ ކިއު ތައްޔާރުކުރަންޖެހޭ ހުރިހާ ބިޑެއްގައި ބީ އޯކިއު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން. 11 ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތް ކުރުން. 12 ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތްކުރުން. 13 ކައުންސިލް އިދާރާގައި ކުރަންޖެހޭ އެންމެހައި އައި ޑީ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން 14 ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން. 15 ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. މަޤާމުގެ ތަޢުލީމީ ރޮނގުތައް: އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، ފައިނޭންސް، ގަވަރނަންސް، ހިއުމަން ރިސޯސް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، އާބަން ސްޓަޑީޒް. މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް: އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، ފައިނޭންސް، ގަވަރނަންސް، ހިއުމަން ރިސޯސް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، އޮފީސް، އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، އާބަން ސްޓަޑީޒް. މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
http://www.csc.gov.mv/downloads/15151
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (30 ނޮވެމްބަރ 2021) ވާ އަންގާރަ ދުވަހުގެ (13:00) ގެ ކުރިން، (ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ތިއަރީ ޓެސްޓް އޮންނާނީ، (06 ޑިސެމްބަރ 2021 އާއި 09 ޑިސެމްބަރ 2021) އާ ދެމެދު، (ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6800803) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
04 ރަބިއުލްއާޚިރާ 1443
09 ނޮވެމްބަރ 2021
މުޙައްމަދު ފަރުހާދު ޢަލީ
ސެކްރެޓަރީ ޖެނަރަލް