މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސައިކެޓްރިކް އޮފިސަރ

                                            `                                  

 

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                            

އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ.

މަޤާމް:

ސައިކެޓްރިކް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ކޮންޓްރެކްޓް  (2 އަހަރު)

ރޭންކް:

އެމް.އެސް 5 (މެޑިކަލް ސަރވިސް 5)

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

މަހަކު-/30,990 ރުފިޔާ

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް

ފުޑް އެލަވަންސް:

އެކޮމޮޑޭޝަން އެލަވަންސް:  

މަހަކު-/3,500 ރުފޔާ

މަހަކު-/10,846.50 ރުފޔާ

މަހަކު-/2,400 ރުފިޔާ

މަހަކު-/7,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން           

ޖަލުތަކުގައި / ހެޑް އޮފީހުގައި

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުތަކުގެ އޯޕީޑީއަށް އަންނަ ނަފްސާނީ ބަލިތަކާއިބެހޭ ބަލިމީހުން ބެލުމާއި އެދުމަތިކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ފަރުވާދިނުން
  • ސައިކޭޓްރިކް ފަރުވާ ދެވޭ ޖަލުތަކުގައި ތިބޭ ގައިދީންގެ މައުލޫމާތު ތައްޔާރުކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުމާއި،ބަލިމީހާގެ ހާލަތު އެވަގުތު ހުރިގޮތް ބަލިމީހާގެ އާއިލާގެ މެމްބަރުންނަށް ތަފްސީލްކޮށް ކިޔައިދިނުން.
  • އެނދުމަތި ކުރެވިފައިވާ ބަލިމީހުނަށް ދޭންޖެހޭފަރުވާ ދިނުމާއި އިތުރަށް ކުރަންވީ ކަންތައްތަކުގެ އިރުޝާދު މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ދިނުން.
  • ޖަލުތަކުގެ ތިބޭ ގައިދީންނަށް ސައިކޭޓްރިކް ފަރުވާ ދިނުމަށްޓަކައ އެމީހުންގެ ސިއްޙީ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓް ހެދުން
  • ޤައިދީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ ހާއްސަ ތަހުލީލުތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ޤައިދީންނަށް ބޭސް ލިޔެދިނުމާއި ފަރުވާއާއި ގުޅޭ ހުރިހާކަމެއްގައި އެހީތެރިކަން ފޯރުކޮއްދިނުން
  • ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި ގުޅޭ މަސައްކަތްކުރުން
  • އޮންކޯލް ޑިއުޓީ ހެދުން

ފެންވަރު ނުވަތަ ޝަރުތު:                      

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މެޑިކަލް އޮފިސަރެއްގެ ޝަރުތުހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލްކުރާ ފެންވަރެއްގެ ސައިކޭޓްރީ އިން އެމް.ޑީ / އެމް.އެސް ސެޓްފިކެޓް ހާސިލްކޮށް، މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި އެކު ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި ، 45 ( ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައި ވުން
  • ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

- ބިދޭސީއެއްނަމަ ހުށަހަޅާނީ މިސަރވިސްގެ ވެބްސައިޓުގެ އިނގިރޭސީ ޑައުންލޯޑްސް ގައިވާ ބިދޭސީން ވަޒީފާއަށް ވަންނަން އެދޭ ފޯމެވެ.

-ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ގެ ކޮޕީ

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.         

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ ) 

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސެންސް ކޮޕީ،

- ބިދޭސީ އެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު.

- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން  މޯލެޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  

 

  • ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  •  ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމާއި ތަމްރީން %45
  • މަސައްކަތު ތަޖުރިބާ %20
  • އިންޓަރވިއު މާކްސް %35

ސުންގަޑި:

 

މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 03 ޖުލައި 2022 ވާ އާދިއްތަ 16:00ގެ ނިޔަލަށް ތިރީގައިވާ 02 އީމެއިލް އެޑްރެސްއިން އީމެއިލްއަކަށް މެއިލްކޮއްދެއްވުން އެދެމެވެ.  ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

    [email protected]

   [email protected]

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

19 ޖޫން 2022
ހޯދާ