އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2022/46

 މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 8,000 ރުފިޔާ

އެލަވަންސް:

  1. ސާރވިސް އެލަވަންސް: މަހަކު  10,000ރުފިޔާ
  2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ
  3. ފޯން އެލަވަންސް: މަހަކު 300.00 ރުފިޔާ

ރޭންކް

(EX)

މަޤާމުގެ ޝަރްޠުތައް:

  • އެކައުންޓިންގ އެންޑް ފައިނޭންސް މި ދާއިރާއިން ލެވެލް 8/7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، އެކައުންޓިންގ އެންޑް ފައިނޭންސް ގެ ސީނިއަރ ލެވެލްގެ މަގާމެއްގައި ފުލްޓައިމްކޮށް މަސައްކަތްކޮށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

ނުވަތަ

  • އެކައުންޓިންގ އެންޑް ފައިނޭންސް މި ދާއިރާއިން ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު،  އެކައުންޓިންގ އެންޑް ފައިނޭންސްގެ ސީނިއަރ ލެވެލް މަގާމެއްގައި ފުލްޓައިމްކޮށް މަސައްކަތްކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

 

  • އާއްމުކޮށް ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ ތަކަށް އަހުލުވެރިވެ އެސޮފްޓްވެއަރ ބޭނުންކޮށްގެން އެކައުންޓްސް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

ނޯޓު: މިމަޤާމަށް ބޭނުންވަނީ ކޮރަޕްޝަން މައްސަލައަކާއި ގުޅުމެއްނެތް އަޚްލާޤް ރަނގަޅު ކެނޑިޑޭޓެކެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ދުވަހުން ދުވަހަށް ހިނގާ ހިސާބުތައް ބެލެހެއްޓުން.
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތަކާއި ޚަރަދުތައް ބެލެހެއްޓުން.
  • އައިޔޫއެމް ހޯލްޑިންގްސް ކުންފުނީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
  • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހާ މުޢާސަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  • ކުންފުނިން އަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުއާމަލާތުތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާއި އެއްގޮތަށް ކުރިއަށްދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައްޔާރުކުރުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
  • ކުންފުނިން އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ކުންފުނިން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ކުންފުނި ހިންގާފައިވާ ގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • ކުންފުނީގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ކުންފުންޏަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓަށް ދިނުން.
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުންފުނީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން.
  • މެނޭޖްމަންޓް ޑިސިޝަންތައް ނެގުމަށް ބޭނުންވާ ފައިނޭންޝަލް ފޯކާސްޓްތައް ތައްޔާރުކުރުމާއި، އެނަލެޓިކަލް ރިޕޯރޓްތައް ތައްޔާރުކުރުމާއި، އިންވެސްޓްމަންޓް އެޕްރެއިސަލްތައް ތައްޔާރުކުރުމާއި އަދި އިންވެސްޓްމަން ރިކޮމެންޑޭޝަންތައް އެކުލަވާލުން.
  • ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
  • ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/CXeEMWTxavtuHARr8   
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

19 ޖޫން 2022
ހޯދާ