ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކްގައި ހުރި ލައިޓް ޕޯސްޓް އަދި ގޭޓް މަރާމާތު ކުރުމުގެ މަސައްކަތް، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2022/32 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ފޮނުވަންވާނެއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602535 އަށް ގުޅުއްވުން އެދެމެވެ.
19 ޛުލްޤައިދާ 1443