ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/74(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ބަނދަރު ސަރަހައްދުގައި 2 ލައިޓް ހަރުކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި، ނަމްބަރ: IUL)331-AD/331/2022/69) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ރިސެޕްޝަނުން ލިބިވަޑައި ގަންނަވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 21 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.