ދިވެހިރާއްޖެ
ހުޅަނގު ފަރާތު އަތިރިމަތީގައި ގިނަ ދުވަސްތަކެއް ވަންދެން އެހެލާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ
މިރަށު ހުޅަނގު ފަރާތު އަތިރިމަތީގައި ގިނަ ދުވަސްތަކެއްވަންދެން އެހެލާފައި ހުރުމުގެ ސަބަބުން ހަލާކުވެ ވީރާނާވަމުންދާ އުޅަދުތައް ހުރިކަން ފާހަގަކުރެވެއެވެ. އެކަމުގެ ސަބަބުން ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެފަދަ އުޅަނދުތައް 12 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ނަގައި އެސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް އަންގަމެވެ. އެމުއްދަތުގައި ނުނަގާ އުޅަނދުތައް 12 އޮކްޓޯބަރ 2014 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ (މިކައުންސިލުގެ ޤަވައިދު ނަމްބަރު: 346-(2014/R "ޢާއްމުތަންތަނަށާއި މަގުމައްޗަށާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވައިދު" އަށް ރިޢާޔަތްކޮށް އަމަލުކުރާނެކަމުގައި ދަންނަވަމެވެ.
ކާރނޭޝަން މަގުގެ އުތުރަށް ކުދިމާގޯޅީގެ ދެކުނު އަތިރިމައްޗަކީ ކަނޑުއުޅަނދު، އެހެލާ ސަރަޙައްދެއްގެ ގޮތުގައި ކައުންސިލުން ނިއްމާފައިވާތީ، އެފަދަ އުޅަނދުތައް އެސަރަޙައްދަށް ގެންދިޔުމަށް ދަންނަވަމެވެ. އަދި ހުޅަނގު ފަރާތުގައި ގިނަ ދުވަސްތަކެއްވަންދެން އެހެލާފައި ހުރި ކައުންސިލަށް ފާހަގަވާ އުޅަނދުތަކުގެ މަޢުލޫމާތު މިއިޢުލާނުގައި ޙިއްސާކުރަމެވެ.
ދޯނީގެ ރަޖިސސްޓަރީ ނަމްބަރު: |
ދޯނީގެ ނަން / މައިގަނޑުކުލަ |
އުޅަނދު އޮތް ސަރަޙައްދު |
P2578A-02 07-A |
(ނޫކުލަ) ، ފެރީދޯނި |
ހުޅަނގުފަރާތު އަތިރިމަތި (ޗާންދަނީމަގާއި ސޯސަންމަގު ދެމެދު) |
(ނެތް) |
(ނޫކުލަ) ، ފެރީދޯނި |
ހުޅަނގުފަރާތު އަތިރިމަތި (ޗާންދަނީމަގާއި ސޯސަންމަގު ދެމެދު) |
P1406A-01 10-T |
(ގަދަ ނޫކުލަ) - ފެރީދޯނި |
ހުޅަނގުފަރާތު އަތިރިމަތި (ރަށްވެހިމަގު ދެކުނު މަގުކައިރި) |
P5545A-01 07-B |
(ފެހި ކުލަ) |
ހުޅަނގުފަރާތު އަތިރިމަތި (ސޯސަންމަގު ދެކުނު މަގުކައިރި) |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.