ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީ.އެމް.އެލް. 18 ވަނަ އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް އަދި 5 ވަނަ ކިޑްސް ފެސްޓިވަލް
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭ ގައި ބާއްވާ ބީ.އެމް.އެލް 18 ވަނަ އިންޓަރސްކޫލު ފެތުމުގެ މުބާރާތާ 5 ވަނަ ކިޑްސް ފެސްޓިވަލް ބާއްވާނެ ތާރީޚްތައް ތިރީގައި އެވަނީއެވެ.
މުބާރާތް އޮންނަ ތާރީޚް:
- ބީ.އެމް.އެލް 18 ވަނަ އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް: 2022 އޮގަސްޓް 30 ން ސެޕްޓެންބަރު 3 ށް.
- ބީ.އެމް.އެލް 5 ވަނަ އިންޓަރ ސްކޫލު ކިޑްސް ސްވިމިންގ ފެސްޓިވަލް: 2022 ސެޕްޓެންބަރު 3 ން 7 ށް.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި:
- ބީ.އެމް.އެލް 18 ވަނަ އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް: 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު 14:00.
- ބީ.އެމް.އެލް 5 ވަނަ އިންޓަރ ސްކޫލު ކިޑްސް ސްވިމިންގ ފެސްޓިވަލް: 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު މެންދުރު 12:00.
މިމުބާރާތްތަކުގައި ބައިވެރިވާ ސްކޫލުތަކުން ފުރިހަމަކުރަންޖެހޭ ފޯމު 1 އޮގަސްޓް 2022 ން ފެށިގެން މިއެސޯސިއޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.
18 ޖޫން 2022
ހޯދާ