ދިވެހިރާއްޖެ
އިއުލާން
ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު "ޤާނޫނު ނަންބަރު: 07/2022 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން" 2022 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތުދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ޖޫން މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ގައްދޫ ޕޮލިޓެކްނިކް ކެމްޕަސް (ކުރީގެ އަތޮޅު މަދަރުސާ ހިންގި އިމާރާތް) ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.
- ގައްދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 13 ގޯތި ދޫކުރުމުގެ މަސައްކަތާއި ބެހޭ މަޢުލޫމާތު.
- ގައްދޫގެ ލޭންޑް ޔޫސް ޕްލޭނާއި ބެހޭ މަޢުލޫމާތު.
- ގައްދޫގެ ތަރައްޤީ ޕްލޭނާއި ބެހޭ މަޢުލޫމާތުދިނުން.
- ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގައްދޫ ގޮފި ހިންގާނެ އިމާރާތެއް ހަމަޖެއްސުމާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލުހޯދުން.
- ހިނގަމުންމިދާ 2022 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ކައުންސިލްގެ އުސްއަލިތައް.
- ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތް ތާވަލާއި ބަޖެޓާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލުހޯދުން.
ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
17 ޖޫން 2022