ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މަސައްކަތުގެ ތަފުސީލު
މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް މުވައްޒަފުން ރެކްރޫޓްކުރުމަށާއި މޮނިޓަރކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ " ސީ. އެސް. ވިއުގަ " އަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓްކުރުން.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/ 3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv