ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

a

 

 

ހިތަދޫ ޕޯޓް ލިމިޓެޑް

ސ.ހިތަދޫ، ދިވެހިރާއްޖެ

 

 

 

HPL/ I-2022/03ނަންބަރު:

އިޢުލާން

 

މިކުންފުނީގެ މިދަންނަވާ މަޤާމަށް މީހުންބޭނުންވެއްޖެއެވެ.        

 

  1. މަޤާމް:                   ސެކިއުރިޓީ ގާރޑް ގރ.1     

އަސާސީ މުސާރަ:            -/3890 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:        3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

ބޭނުންވާ ޢަދަދު:             03

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):

  • ·         ގްރޭޑް 10 ނިންމައިފައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ
  • މަސައްކަތުގެ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝިފްޓް އުސޫލުން މަސައްކަތްކުރެވޭ މީހުންނަށް އިސްކަންދެވޭނެ.

 

އިތުރުމަޢުލޫމާތު: މި މަޤާމަށް މުސާރަ އަދި އިނާޔަތްތަކުގެ އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 23 ޖޫން 2022 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް ރަނގަޅަށް އެނގޭގޮތަށް) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އީމޭލް ފޮނުވާއިރު ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.

 

                                17 ޛުލްޤައިދާ 1443

                               16 ޖޫން  2022

16 ޖޫން 2022
ހޯދާ