ދިވެހިރާއްޖެ
ލ. ބިލެތްތޭރަހާ (އިސްދޫ ފަޅުތެރެ) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރ (IUL)240-ADS/240/2022/24 (14 އޭޕްރިލް 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
# |
ރަށް |
ފޯމް ނުވަތަ ބިޑު ހުށަހެޅުމާއި ކެނޑުން |
01 |
ލ. ބިލެތްތޭރަހާ (އިސްދޫ ފަޅުތެރެ) |
28 ޖޫން 2022، އަންގާރަ ދުވަހުގެ 10:30 |
ވީމާ، ލ. ބިލެތްތޭރަހާ (އިސްދޫ ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން މިރަށަށް ކަނޑައެޅިފައިވާ ހަމަވަރުވާއަށްވުރެ ކުޑަ ނުވާނެހެން ކުލި ބަޔާންކުރުމާއިއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވައިގެން 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713 ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.