ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
'ގޮއިންގ ޕަބްލިކް' ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީން އިންތިޒާމުކޮށް ހިންގުމަށް ހަމަޖެހިފައިވާ "ގޮއިންގ ޕަބްލިކް" ޕްރޮގްރާމް ޑިވެލޮޕްކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ކެޕިޓަލް މާރކެޓް މެދުވެރިކޮށް ފަންޑް ބޭނުންވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެގަތުމާއި އަދި ކެޕިޓަލް މާރކެޓް މެދުވެރިކޮށް ފަންޑް ހޯދުމުގެ މަޢުލޫމާތު ޓާރގެޓް އޯޑިއަންސަށް ފޯރުކޮށްދިނުމެވެ.

ޓާރގެޓް އޯޑިއެންސް:

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ވިޔަފާރި ނުވަތަ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކެޕިޓަލް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އަދި ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ.

ޕްރޮގްރާމުގެ މުއްދަތު:

މި ޕްރޮގްރާމް ހިންގުމަށް ހަަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު، ނޮވެމްބަރު، ޑިސެންބަރުގެ ތެރޭގައެވެ.

މި އިޢުލާނާއެކު ގޮއިން ޕަބްލިކް ޕްރޮގްރާމް ހިންގައިދިނުމާބެހޭ TOR ވަނީ އެޓޭޗްކުރެވިފައެވެ. އަދި މި TOR މިއޮތޯރިޓީގެ ވެބްސައިޓުން http://cmda.gov.mv/docs/TOR_Develop_and_Conduct_Training_Program_2014.pdf ލިބެން ހުންނާނެއެވެ.

ޝަރުޠުތައް:

ތަޢުލީމީ ފެންވަރު: އަންޑަރގްރޭޖުއޭޓް އިން އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ ލޯ

މަސައްކަތު ތަޖުރިބާ: ކެޕިޓަލް މާރކެޓް، ފައިނޭންޝަލް މާރކެޓް އަދި ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭ ޢިލްމާއި މަޢުލޫމާތު ލިބިފައިވުން އަދި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

އިވެލުއޭޝަން ކުރައިޓީރިއާ:

-  އިންޓަރވިއު (40 މާކްސް)

-  އެކްސްޕީރިއަންސް (40 މާކްސް)

-  އަގު (20 މާކްސް)

އިންޓަރވިއު ކުރުމުގައި އިނގިރޭސި އަދި ދިވެހިބަހުގެ ކޮމިއުނިކޭޝަން ސްކިލްސް ބެލުމަށް ޕްރެޒެންޓޭޝަނެއް ހުށަހަޅައިދޭންޖެހޭނެއެވެ. ޕްރެޒެންޓޭޝަންގެ މައުޟޫޢަކީ “Raising Finance for Business through Capital Market” އެވެ.

ގޮއިން ޕަބްލިކް ޕްރޮގްރާމް ހުށަހަޅައިދިނުމަށް ޝަައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލާއެކު ސީވީ ތިރީގައިވާ އެޑްރެހަށް ފޮނުއްވައިދެއްވުން ނުވަތަ އީމެއިލްކުރެއްވުން އެދެމެވެ.

ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،

4ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ،

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން:3336619 3014112

ފެކްސް:3336624

އީމެއިލް:[email protected]

ވެބްސައިޓް:www.cmda.gov.mv

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑީގައި އަލްފާޟިލާ އަޒްލީމާ އަޙްމަދު 3014124/ 3336619 ނަންބަރު ފޯނަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ