ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢަޟްހާ އީދު 1443 ފާހަގަ ކުރުން

 ނަންބަރ: (IUL)414/414/2022/41

 

އަޟުހާ ޢީދު 1443

 

 

އަޟުހާ ޢީދު ވާދެމުމުގެ މުބާރާތް، މަސްރޭސް ބޭއްވުން

          މިކައުންސިލުން 1443 ވަނަ އަހަރުގެ އަޟުހާ ޢީދުގައި ވާދެމުމުގެ މުބާރާތާއި، މަސްރޭ ބޭއްވުމަށް ނިންމާފައިވާތީ، މި ދެ މުބާރާތް ކައުންސިލާއި ގުޅިގެން ރާވާހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ  (IUL)414/414/2022/31 އިއުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ވާޅުކޮށްފައިނުވާތީ، ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިކަމަށް އެދި ވާދެމުމާއި މަސްރޭސް ހިންގައިދޭނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

          ޕްރޮޕޯސަލް ހުށަހެޅުމުގައި ތިރީގައި މިވާ މައުލޫމާތުތަކަށް ރިޢާޔަތް ކުރުން އެދެމެވެ.

  1. 1.      ވާދެމުން

-         މި މުބާރާތުގައި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތާއި ޚަރަދު ކުރާނީ ކައުންސިލް އިދާރާއިންނެވެ. އެހެން ހުރިހާ ކަމެއް ކުރާނީ މުބާރާތް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތުންނެވެ. މިގޮތުން..

-         ވާދެމުމުގެ މުބާރާތް ބާއްވާތަން ތައްޔާރުކުރުން

-         ލައިޓް ހަރުކުރުން

-         މުބާރާތުގެ އޮފިޝަލުން ހަމަޖެއްސުން

-         ޓީމު ތަކުގެ މެދުގައި ގުރުއަތުލުން

  1. 2.      މަސްރޭސް

-         އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތާއި ހިގާނެ ޚަރަދު ކުރާނީ ކައުންސިލް އިދާރާއިންނެވެ.

-         މުބާރާތް ރާވާހިންގުމާއި އޮފިޝަލުން ހަމަޖައްސާނީ މުބާރާތް ހިންގުމަށް ޝައުވެރިކަން ފާޅުކުރާ ފަރާތުންނެވެ.

16 ޖޫން 2022
ހޯދާ