މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އިމާރާތުގައި އެލްމިނިއަމް ޕާރޓިޝަން ޖެހުމާބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް އިމާރާތުގައި އެލްމިނިއަމް ޕާރޓިޝަން ޖެހުމާބެހޭ

މިކޯޕަރޭޝަންގެ އިޢުލާން ނަންބަރު MHCL/13/2014/82 އާ ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަނުގެ އޮފީސް އިމާރާތުގައި އެލްމިނިއަމް ޕާރޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

27 ޛުލްޤަޢިދާ 1435

ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ހުންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހާ އިންވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ.

22 ސެޕްޓެންބަރު 2014
ހޯދާ