ދިވެހިރާއްޖެ
އިޢުލާން
ފ.އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް
މިހޮސްޕިޓަލްގެ ޢިއުލާން ނަންބަރ (IUL)FAH-A-1/FAH/2022/17 ( 22 މެއި 2022) ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެޢިއުލާން ބާތިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ފ.އަތޮޅު ހޮސްޕިޓަލްގައެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 ޖޫން 2022 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ކުރިން 6740576 ، 6740577 އަށް ގުޅައިގެން ނުވަތަ ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.