ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިންގެ ދަފްތަރު އަލުން އެކުލަވާލުން

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/30

ތާރީޚް

‏ 16 ޛުލްޤައިދާ 1443

 16 ޖޫން 2022

ެެދަނޑުވެރިންގެ ދަފްތަރު އަލުން އެކުލަވާލުން

 

        މިނިސްޓްރީ އޮފް ފިޝަރީޒް ،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގައި ރަޖިސްޓްރީކޮށްފައިވާ މިރަށު ދަނޑުވެރިންގެ ދަފްތަރުގައި ހިމެނިފައިވާ ބައެއް ފަރާތްތައް ނިޔާވެފައިވުމާ،ބައެއް މީހުންގެ ދިރިއުޅުން އެހެން ރަށްރަށަށް ބަދަލުކޮށްފައިވުމާއި،އަދި ބައެއް ފަރާތްތަކުން އެއްވެސްގޮތަކަށް ދަނޑުވެރިކަން ކުރަމުން ނުގެންދާތީ އެލިސްޓް އަލުން މުރާޖާކޮށް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރުމަށް ބޭނުންވެއެވެ.މިގޮތަށް މިމަސައްކަތް ކުރުމަށް ކައުންސިލުން ބޭނުންވާ އެހެން ސަބަބު ތަކުގެ ތެރޭގައި ކުރިޔަށްއޮތް ތަނުގައި ދަނޑުބިންތައް ވަކިކުރުމާއެކު ދަނޑުވެރިންނަށް ދަނޑުބިން ރަޖިސްޓްރީކޮށްދިނުންވެސް ހިމެނެއެވެ.

        ވީމާ،ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ މިހާރުވެސް ދަނޑުވެރިކަންކުރާ ފަރާތްތަކާއި،އަދި އިތުރަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން މިހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމަށް ދުރުވާއިރު އައިޑީކާޑް ގެނެސްދެއްވުމަށްވެސް ދަންނަވަމެވެ.

‏16‏ ޛުލްޤަޢިދާ‏ 1443

‏16‏   ޖޫން‏  2022                           

                      

                                                      ޙަސަން ޢަބްދުﷲ

                                                    ކައުންސިލްގެ ރައީސް

16 ޖޫން 2022
ހޯދާ