ދިވެހިރާއްޖެ
ނޫމަރާ ކައުންސިލްގެ "ބީލަންވެރިންގެ ދަފްތަރު" އެކުލަވާލުން
ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ޕްރޮކިއުމަންޓް މަސައްކަތްކޮށްދޭނެ އަމިއްލަފަރާތްތަކާ ބެހޭ ދަފްތަރެއް މި އިދާރާގައި ޤާއިމްކުރުމަށް ބޭނުންވާތީ، އެފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން މި ކައުންސިލުން އާންމުކޮށް ހުޅުވާނުލާ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި 01 ޖުލައި 2022 ން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް ބައިވެރިވެވޭނީ ހަމައެކަނި، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/zu94fAbjrRiDcBoGA
ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް: ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
ވީމާ، މި ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މަސައްކަތައް ކޮށްދޭނެ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޛުލްޤައިދާ 1443
16 ޖޫން 2022