ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ. ނަޑެއްލާ،
ދިވެހިރާއްޖެ،
ނަންބަރު: Q3C-B/2022/2
އިޢުލާން
ޤާނޫނުނަންބަރު32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ425 ވަނަ މާއްދާގެ (ހ) ގެ ދަށުން
ގދ. ނަޑެއްލާ މެޖިސްޓުރޭޓް ކޯޓުގައި އަމަލުކުރާނެ ޤަވާއިދާ ގުޅޭ.
16 ޖޫން 2022 ގެ ފަހުން މި ކޯޓުން މަދަނީ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ SCPD-04/2022 ޕްރެކްޓިސް ޑައިރެކްޝަނާ އެކުގައި ޢާއްމުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" އަށެވެ. އަދި މިކޯޓަށް މައްސަލަ ހުށަހެޅުމުގައި ބޭނުންކުރާނީ އަދި އެކި ކަންކަމުގައި މިކޯޓުން ބޭނުންކުރާނީ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" އާއެކުގައިވާ ފޯމުތައް ކަމުގައިވާތީ އެކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.
16 ޖޫން 2022