ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2022/39
އިޢުލާން
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް މެމޯގްރަފީ މެޝިންގައި ބޭނުންކުރާ ޔޫ ޕީ އެސް ހޯދުންް
މިހޮސްޕިޓަލުގެ ބޭނުމަށް މެމޯގްރަފީ މެޝިންގައި ބޭނުންކުރާ ޔޫ ޕީ އެސް ހޯދުންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 15 ޖޫން 2022 އިން 23 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 26 ޖޫން 2022، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް އަދި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 27 ޖޫން 2022، ހެނދުނު 11:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
15 ޖޫން 2022
ޢަބްދުލް ޢަޒީޒް ރިފާޢު
ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ