ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން
މިހޮސްޕިޓަލަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަމްބަރ (IUL)LHAH-AH/LHAH/2022/35 ( 23 މެއި 2022 ) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް އިއުލާން ކުރަމެވެ.
ވީމާ މިކަމަށް ޝަވްޤުވެރިވާ ފަރާތްތަކުން 15 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 23 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ.