މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނޫ ރާއްޖެ ޕްރޮގްރާމް 

ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ނޫ ރާއްޖެ ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުފަޅުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިމިނިސްޓްރީއިން ހުޅުވާލަމެވެ. 

 

މަޤާމް:              މެރިން ސްޕޭޝަލް ޕްލޭނިން އެންގޭޖްމަންޓް އޮފިސަރ 

ބޭނުންވާ ޢަދަދު:       އަންނަނިވި އަތޮޅުތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން 2 (ބ، ޅ، އދ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅު) 

ގިންތި:              ކޮންޓްރެކްޓް 

މުއްދަތު:            06 މަސް 

މުސާރަ:              މަސައްކަތްކުރާ ދުވާލަކަށް -/40 ޑޮލަރުގެ ނިސްބަތުން 

 

މަޤާމުގެޝަރުތުތަކާއިކުރަންޖެހޭމައިގަނޑުމަސައްކަތް: 

  • މިމަޤާމުގެ ޝަރުތުތަކާއި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. 

ލިންކް: https://www.nooraajje.org/msp-officer  

 

ވަޒީފާއަށްއެންމެޤާބިލްފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:    

  • މިމަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރެފެރެންސްގައި ހިމެނިފައިވާނެއެވެ. 

 

ހުށަހަޅަންޖެހޭލިޔުންތައް: 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) 
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ) 
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ 

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި: 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި ނޫ ރާއްޖެ އެމް.އެސް.ޕީ އެންގޭޖްމަންޓް ސްޓްރެޓެޖިސްޓް، ޑރ. ޝައިސްތާ މުޙައްމަދު (([email protected] އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. 

 

އިތުރުމަޢުލޫމާތުހޯދުން: 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 7771765 ނަމްބަރު  ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ  [email protected]އަށެވެ.  

 

15 ޖޫން 2022
ހޯދާ