ދިވެހިރާއްޖެ
އުކުޅަހު ސްކޫލްގެ ސްޓާރފް ރޫމްގައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މެއި 15 ގައި ކުރި ނަމްބަރު:GS-150/U-4/2022/IUL/15 އިޢުލާނަށް ޝަރުތުހަމަވާ ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 ޖޫން 16 ން 2022 ޖޫން 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 11:00 އަށް މިއިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2022 ޖޫން 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޖޫން 29 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
އުކުޅަހު ސްކޫލް / އއ.އުކުޅަސް
ފޯން: 9996669
އީމެއިލް: [email protected]
ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.