ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒް

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒް

ބޭނުންވާ ޢަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ

މަޤާމުގެ ގިންތި:

ދާއިމީ

އަސާސީ މުސާރަ:

-/10,500 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

-   ސަރވިސް އެލަވަންސް: -/6،000 ރުފިޔާ

-   ފޯނު އެލަވަންސް: -/500 ރުފިޔާ

މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

 

ފައިނޭންސް / އެކައުންޓިންގ ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ފައިނޭންސް / އެކައުންޓިންގ ގެދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

 

ފައިނޭންސް / އެކައުންޓިންގ ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ފައިނޭންސް / އެކައުންޓިންގ ގެދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

-       އޮފީހުގެ ފައިސާ އަދި ބަޖެޓުގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުމާއެކު ފައިނޭންޝަލް ރިޕޯޓިންގ ކަނޑައެޅިފައިވާ ޑެޑްލައިންތަކަށް ފުރިހަމަކޮށް ބެލެހެއްޓުން.

-       އޮފީހުގެ ފައިސާއާއި ބަޖެޓުގެ އެންމެހައި ކަންކަން ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތަށް އިންތިޒާމްކޮށް، މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް، މަސައްކަތްތައް ޤާނޫނާ ގަވާއިދާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން.

-   ބާ ކައުންސިލުގެ ފައިސާއާއި ބަޖެޓުގެ މަސައްކަތްތަކާއި އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ އެންމެހައި މަސައްކަތެއް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިންތިޒާމްކޮށް ހިންގުން.

-   އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތްވާގޮތުގެ މަތިން ހޯދާ ލިޔެކިޔުންތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.

-   އޮފީހުގެ އިންވެންޓަރީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.

-   އޮފީހުގެ ބިޑް ކޮމިޓީގެ އެންމެހައި މަސައްކަތްތަކެއް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާކަން ކަށަވަރުކުރުން.

-   މީގެއިތުރު އޮފީހުން ހަވާލުކުރެވޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
  5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)
  6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  7. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢޫލާމާތު

  • މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
  • މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެސް މެދުވެރިކޮށް 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

[email protected]

އީމެއިލް ކުރަށްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ  އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީއެފް ކުރެވިފައެވެ.

15 ޖޫން 2022
ހޯދާ