ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ކުރެންދޫ، ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކުރުމާއި، 03 ބެންޗް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެ.

ޅ. ކުރެންދޫ، ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކުރުމާއި، 03 ބެންޗް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.  

 

         ވީމާ، އެމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ، މަޢްލޫމާތު ދިނުމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 21 ޖޫން 2022ވާ އަންގާރަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.

 

         ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 20 ޖޫން 2022ވާ ހޯމަދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ބިޑް ހުށަހެޅުން އޮންނާނީ 28 ޖޫން 2022ވާ އަންގާރަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.

 

         ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.

1-   ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަމްބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

6-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

13 ޖޫން 2022
ހޯދާ