ދިވެހިރާއްޖެ
އިޢުލާން
ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443" 15 ޖުލައި 2022 އިން 18 ޖުލައި 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 ޖޫން 2022 ވާ އަންގާރަ ދުވަހުން ފެށިގެން 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޛުލްޤައިދާ 1443
14 ޖޫން 2022