މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، އެންގޭޖްމަންޓް (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، ޓެކްސް ކްލިއަރަންސް (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

އެސިސްޓަންޓް ޓެކްސް އޮފިސަރ، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާޓްމަންޓް / އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,875 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/50 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރުމާއި، މީރާއަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެ ތަކެތި ޑޮކިއުމަންޓް މެނޭޖްމަންޓް ސިސްޓަމުން ޕްރޮސެސްކުރުމާއި، އޮފީހުގެ އިދާރީ ގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

މަގާމު:

އެސިސްޓަންޓް ޓެކްސް އޮފިސަރ، އެންގޭޖްމަންޓް (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ފެސިލިޓޭޝަން އެންޑް އެންގޭޖްމަންޓް ޑިވިޜަން / އެންގޭޖްމަންޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,875 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/50 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މާލެއާއި އަތޮޅުތަކުގެ ޓެކްސް ދައްކާ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)     

މަގާމު:

އެސިސްޓަންޓް ޓެކްސް އޮފިސަރ، ޓެކްސް ކްލިއަރަންސް (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް / ޓެކްސް ކްލިއަރަންސް ޑިވިޜަން     

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,875 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/50 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާއެއް ނެތްކަން ނުވަތަ ޓެކްސް ކްލިއަރަންސް ޗެކުކުރުމުގެ މަސައްކަތް ކުރުން

ޝަރުޠު:

އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)   

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ޖޫން 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

14 ޖޫން 2022
ހޯދާ