ގުޅީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ކުރިޔަށްއޮތް 03 އަހަރުގެ ނިޔަލަށް (2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް) ފަހައި ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، 31 މޭ 2022 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2022/11 އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ފުރިހަމަ ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖޫން 19 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://myoffice.gulheeschool.edu.mv/forms) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 ޖޫން 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކ. ގުޅީ ސްކޫލް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް

ހިޔަލީމަގު، ކ. ގުޅި، ދިވެހިރާއްޖެ.

ފޯން: 6642512، ވައިބަރ: 7965902

އީ-މެއިލް: [email protected]

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޛުލްޤައިދާ 1443

14 ޖޫން 2022
ހޯދާ