އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު
- މިކައުންސިލްގެ ނަންބަރު (IUL)355-ESMS/355/2022/31 އިއުލާން ގައިވާ މައުލޫމާތު ޝީޓްގެ ކުއްތަކެއް ހުރުމުން އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.
- އދ. ފެންފުށީ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން (ޤާނޫން ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 21 ޖޫން 2022 ދުވަހުގެ 11:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 26 ޖޫން 2022 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 22 ޖޫން 2022ވަނަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.
14 ޖޫން 2022
އދ. ފެންފުށީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފެންފުށި
ފޯން: 6680539
އީމެއިލް: [email protected]
14 ޖޫން 2022
ހޯދާ