ދިވެހިރާއްޖެ
ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓްގެ ޢިމާރާތާއި ގުޅުވައިގެން ކޯޓް ރޫމެއް ހެދުމުގެ މަސައްކަތް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓަށާއި، ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ވާންވާނެއެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
21 ޖޫން 2022 |
އަންގާރަ |
13:30 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން |
28 ޖޫން 2022 |
އަންގާރަ |
13:30 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.