ދިވެހިރާއްޖެ
މި އިދާރާއަށް އެކިއެކި ކަންކަމުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މިހާރަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 2022 ޖޫން 15 އިން ފެށިގެން، އޮންލައިން ޓްރާންސްފާގެ ޙިދުމަތް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އޮންލައިންކޮށް ފައިސާ ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދާއި އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.
- ފައިސާ ޖަމާކުރަން ބޭނުންވާ ކަމަކާ ގުޅޭ އެކައުންޓަށް ފައިސާ ޖަމާކުރެވޭކަން ކަށަވަރު ކުރުން އަދި ތަފްސީލް ޝީޓުގައި ބަޔާންކޮއްފައިވާ ގޮތަށް ރިމާކްސްގައި ލިޔުން
- ޓްރާންސްފާރ ސްލިޕް ލަސްނުކޮށް ކައުންސިލްގެ އިދާރާގެ ނަންބަރ: 978-1899 އަށް ވައިބާރ ކުރުން
- ރަސްމީ ގަޑީގައި ފައިސާ ޓްރާންސްފާރ ކުރައްވާ ފަރާތްތަކަށް އެދުވަހެއްގެ މެންދުރު 14:00 ގެ ކުރިން ރަސީދު ފޮނުވޭނެއެވެ. އެނޫން ގަޑިތަކުގައި ޓްރާންސްފާރ ކުރާ ފައިސާގެ ރަސީދު ދޫކުރެވޭނީ ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑީގައި
- ފައިސާ ދެއްކުނުކަން ޔަގީންކުރުމަށް، މި އިދާރާއިން ދޫކުރާ ރަސީދު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، ރަސީދު ނުލިބޭނަމަ އެކަން މި އިދާރާގެ ސަމާލުކަމަށް ގެނައުން
- ޓްރާންސްފާރ ސްލިޕް މި އިދާރާއަށް ނުފޮނުވުމުގެ ސަބަބުން ނުވަތަ ފޮނުވާ ސްލިޕްގައި އެކަށީގެންވާ މައުލޫމާތު ނެތުމުގެ ސަބަބުން، ކޮންފައިސާއެއްކަން ނޭނގި އެކައުންޓުގައި ހުންނަ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.34 ގައި ބަޔާންކުރާ ގޮތަށް ކޮން ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާގެ ގޮތުގައި ކައުންސިލްގެ އާމްދަނީއަށް ޖަމާކުރެވޭނެއެވެ.
މީގެ އިތުރުން އޮންލައިންކޮށް ފައިސާ ބަލައިގަންނާނެ ކަންކަމުގެ ތަފުސީލު މި އިޢުލާނާއި އެކު އާންމު ކޮށްފައިވާނެއެވެ.
އޮންލައިންކޮށް ފައިސާ ބަލައިގަންނަ ކަންކަމުގެ ތަފުސީލު (އިޢުލާން ނަންބަރު B-381/IUL/2022/33 އާ ގުޅޭ)
އެކައުންޓު ނަންބަރު |
އެކައުންޓުގެ ނަން |
ފައިސާގެ ބާވަތް |
ރިމާކްސްގައި ހިމަނަން ވީ މައުލޫމާތު |
7730-000135-156 |
ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (1430 ރެވެނިއު 01) |
ޑިޕޮސިޓު ފައިސާ |
ފައިސާ ދެއްކި ފަރާތުގެ ނަން، ފައިސާ ދެއްކި ބޭނުން |
ކަނޑު އުޅަނދު ސާރވޭ ފީ |
އުޅަނދުގެ ނަން ، ފައިސާ ދެއްކި ފަރާތުގެ ނަން |
||
ސީ ޒޯން ހުއްދަ ފީ |
ފައިސާ ދައްކާ ފަރާތުގެ ނަން، އުޅަނދުގެ ވެރިފަރާތް އަދި އުޅަނދުގެ ރަޖިސްޓުރީ ނަމްބަރ |
||
ޖިމް ފީ |
ފީ ދައްކާ ފަރާތް ، ފައިސާދައްކާ މަސް/މަސްތައް |
||
ބިންބިމާ އިމާރާތްތަކުގެ ކުލި |
ފައިސާ ދެއްކި ފަރާތުގެ ނަން، އިމާރާތުގެ/ ބިމުގެ ނަންބަރު، ފައިސާދައްކާ މަސް/މަސްތައް |
||
ބަންޑާރަ ބިން އަމިއްލަކުރުމުގެ ފީ |
ފައިސާ ދެއްކި ފަރާތުގެ ނަން ، ބިމުގެ ނަން |
||
ރެންޓަލް ތަކެތީގެ ކުލި |
ތަކެތި ނެގި ފަރާތުގެ ނަން، ތަކެތި ނެގި ބޭނުން |
||
ޖޫރިމަނާ ފައިސާ |
ޖޫރިމަނާ ދެއްކި ފަރާތުގެ ނަން، ޖޫރިމަނާ ދެއްކި ބޭނުން
|
||
މުބާރާތް ތަކުގެ ރެޖިސްޓްރޭޝަން ފީ |
ފީ ދެއްކި ފަރާތުގެ ނަން، ފީދެއްކި މުބާރާތުގެ ނަން |
||
އެހީގެ ފައިސާ |
އެހީ ދިން ބޭނުން |
||
ބިޑްފޯރމް ރެޖިސްޓްރީ ފީ |
ފައިސާ ދެއްކި ފަރާތް ، ބިޑުގެ ނަން |
||
7730-000135-163 |
ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (1430 ރެވެނިއު 02) |
ކުނި އުކުމުގެ ފީ |
ރަޖިސްޓަރީ ނަންބަރު،ގޭބީސީ / އިދާރާގެ ނަން އަދި ފައިސާ ދައްކާ މަސް/މަސްތައް |
ފިތުރު ޒަކާތް |
ދެއްކި ފަރާތުގެ ނަން , ދެއްކި ގޭގެ ނަން ދެއްކި މީހުންގެ ޢަދަދު، ދެއްކި ބާވަތް |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.