ދިވެހިރާއްޖެ
ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން އިނާމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރ (IUL)240-ADS/240/2022/39(30 މެއި 2022) އިޢުލާނުގައި ބަޔާންކުރެވިފައިވާ އެކިއެކި ދާއިރާތަކުން އިނާމު ލިބޭ ފަރާތްތައް ހޮވުމުގައި ޚިދުމަތުގެ މުއްދަތު ގުނުމުގައާއި އިނާމުދިނުމުގައި ޢަމަލުކުރާނީ އަންނަނިވިގޮތުގެމަތިންނެވެ.
1- ސުކޫލް މަދަރުސާތަކާއި ރަށު ކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިނާމު ދިނުމުގައި ބަލާނީ އެފަރާތްތަކުން 2021 ވަނަ އަހަރު ހޯދާފައިވާ ކާމިޔާބީއަށެވެ.
2- އެކިއެކި ދާއިރާތަކުން އިނާމަށް ކުރިމަތިލާ ވަކިވަކި ފަރުދުންނާއި ކުލަބް ޖަމްޢިއްޔާތަކުން ކޮށްފައިވާ މަސައްކަތާއި ހޯދާފައިވާ ކާމިޔާބީތައް މިންކުރުމުގައި ބަލާނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީއަށެވެ.
3- އެކިއެކި މުބާރާތްތަކުން ވަނަވަނަ ހޯދާ ފަރާތްތަކަށާއި ޤްރުއާން ހިތުދަސްކޮށް، ހާފިޘްކަމުގެ ސަނަދު ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމު ޙާސިލްކޮށް ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގައި ބަލާނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހޯދާފައިވާ ކާމިޔާބީއަށެވެ.
4- ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެދަށުން މީގެކުރިން އިނާމު ލިބިފައިވާ ފަރާތަކަށް ހަމަ އެދާއިރާއިން މިފަހަރުގެ އިނާމަށް ކުރިމަތި ނުލެވޭނެކަމުގައިވެސް ދަންނަވަމެވެ.
ވީމާ، އިނާމަށް ކުރިމަތިލާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދެއްވުންއެދެމެވެ.