ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް ގަރާޖެއް އަޅާދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުންދޭ މައުލޫމާތު ޝީޓާއި އަދި ކުރެހުމާއި އެއްގޮތަށް ގަރާޖެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 20 ޖޫން 2022 ދުވަހު 11:00 ގައި ބާއްވާ ޕްރީ ބިޑް މީޓިންގައި ބައިވެރިވެލައްވާ 27 ޖޫން 2022 ވާ ހޯދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު 20 ޖޫން 2022 ދުވަހުގެ 10:30 ގެ ކުރިން މި ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓަރީ ކުރާ ފޯމް މި ކައުންސިލްގެ ވެބްސައިޓް www.maabaidhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
13 ޛުލްޤައިދާ 1443
13 ޖޫން 2022