ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އިކުއިޕްމަންޓުތަކާއި، ލިޔެކިޔުންތައް ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރީން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (ގްރީން ބިލްޑިންގ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
(މިއީ މި އެޖެންސީގެ ނަންބަރު IUL)203-ADMIN/1/2014/1)ފ(18 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ ބައެއް މަޢުލޫމާތު ހުށަހަޅާފައިނުވާތީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތާއެކު އަންދާސީހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލެވޭ ފުރުޞަތެކެވެ.)
ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ މައިގަނޑު އުސޫލުތައް
- ގުދަން ހެދިފައިވާ ފެންވަރު
- ގުދަނުގެ ބޮޑުމިން މަދުވެގެން 600 އަކަފޫޓަށް ވުރެ ކުޑަނުވުން.
- ގުދަން ހުރި ލޮކޭޝަން
- ވަދެނިކުމެ އުޅުމާއި ޕާކްކުރުމުގައި ހުރި ފަސޭހަތައް
- ކަރަންޓް ހުރުން
ހުށަހަޅަންޖެހޭ މަޢުލޫމާތު
- ގުދަނުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި، ތަނުގެ ބޮޑުމިން އަކަފޫޓުން ހުށަހެޅުން
- ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- ގުދަން ކުއްޔަށްދޭ ފަރާތުން ޖީ.އެސް.ޓީ ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓަރީގެ ކޮޕީ
- ގުދަން ހުރި ސަރަހައްދު ބަޔާންކުރުން
- ގުދަނުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށްޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭ ގޮތަށް)، އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައެވެ.
- ގުދަން ކުއްޔަށް ދޭ މުއްދަތު
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާއި އެ ފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
ގުދަން ހިފުމުގައި ޕޮއިންޓު ދޭނެގޮތް
- ހުށަހަޅާފައިވާ އަގަށް 60 ޕޮއިންޓު.
- ގުދަން ކުއްޔަށް ދޭ މުއްދަތަށް 10 ޕޮއިންޓު
- ލޮކޭޝަން ނުވަތަ ގުދަން ހުރި ސަރަހައްދަށް 10 ޕޮއިންޓު
- ގުދަން ހެދިފައިވާ ފެންވަރަށް 20 ޕޮއިންޓު
މިއެޖެންސީގެ އެޑްރެސް:
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ
ގްރީން ބިލްޑިންގ 3 ވަނަ ފަންގިފިލާ
ހަނދުވަރީހިނގުން 20392
މާލެ، ދިވެހިރާއްޖެ.
ފޯން: 3335949/ 3335951
26 ޛުލްޤަޢިދާ 1435