މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭން އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލޭގެ އިރުމަތި ފަރާތު އަތިރިމަތީ މަގުން ނުވަތަ މައި މަގުން (ނިރޮޅު މަގު) 500 އަކަފޫޓާއި 600 އަކަފޫޓާ ދެމެދުގެ ޢިމާރާތެއް ގްރައުންޑް ފްލޯރއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 29 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ހުޅުމާލެ

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު

  • އިމާރާތުގެ ބޮޑުމިން ބަޔާންކުރުން (އަކަފޫޓު)
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުންކުރެވޭ ފަދަ އިމާރާތަކަށްވުން
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • އިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
  • އިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދޭ މުއްދަތު

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
  • ފޯންލައިން އަޅާފައި ހުރުން.
  • ފާޚާނާ ހުރުން.
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ގޮތަށް ހޯދޭ އިމާރާތަކަށްވާތީ، އިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު، ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާއި އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓު ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50 (ހުށަހަޅާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު 50x)
  • ކުއްޔަށް ދޭ މުއްދަތު: %30 (ހުށަހަޅާ އެންމެ ދިގު މުއްދަތު / ހުށަހެޅި މުއްދަތު 30x)
  • ސެކިއުރިޓީ ގޮތުން ވަރުގަދަ އިމާރާތެއްނަމަ: %20

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ