ދިވެހިރާއްޖެ
އޭދަފުށްޓަކީ އަމާން އޮމާން ސާފުތާހިރު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަޤްޞަދުގައި މިކައުންސިލްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އޭދަފުށީގެ ދޯނި އެހެލާ ސަރަޙައްދު ގައި އެކިއެކި ފަރާތްތަކުން ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން މި ޖޫން މަހުގެ 19 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނެގުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން ދޯނިއެހެލާ ސަރަޙައްދުގައި ނުނަގާހުރިތަކެއްޗަކީ ވެރިފަރާތެއްނެތް ތަކެތިކަމަށް ބަލައި އެތަކެތި ނައްތާލުމުގެ މަސައްކަތް 20 ޖޫން 2022 ވާ ހޯމަ ދުވަހުންފެށިގެން ކައުންސިލުން ކުރިއަށްގެންދާނެއެވެ.
އަދި،ދަންނަވަމެވެ. ތަކެތި ނައްތާލުމުގެ މަސައްކަތްކުރަމުންދާއިރު އުކާލެވޭ އެއްވެސް އެއްޗަކަށް ނުވަތަ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަންވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންވެ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޛުލްޤައިދާ 1443
13 ޖޫން 2022
