މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫގައި ޖަނާއިޒް ކޯސް ބޭއްވުމާ ގުޅޭ

                  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މި ކައުންސިލާ ގުޅިގެން، ސެޓްފިކެޓް 03 އިން ޖަނާއިޒް ކޯސް މިރަށުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

                  މިކޯސް ފަށާނީ (ކޯހަށް ވަނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަވާ،) މަދުވެގެން 05 ދަރިވަރުން ލިބުމުންކަމަށް ވާތީ، ޝަރުތު ހަމަވާ ފަރާތްތަކުން 19 ޖޫން ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ މިމުއްދަތުގެ ތެރޭގައި ބައިވެރިވަން ބޭނުންވާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް އަދި ގުޅޭން ފޯނު ނަންބަރު) މެއިލް ކުރެއްވުން އެދެމެވެ.

ފޯނު ނަންބަރު: 6600007

އީމެއިލް އެޑްރެސް: [email protected]

ޝަރުތުތައް:

  • ·         އަސާސީ ތަޢުލީމު ހާސިލްވެފައިވުން (ގްރޭޑް 7)

ނުވަތަ…

  • ·         ލެވެލެ 02 ގެ ސެޓްފިކެޓެއް އޮތުން.

ނުވަތަ…

  • ·         18 އަހަރު ފުރިފައިވުމާއި(ކޮންމެ ދާއިރާއެއްވިޔަސް)މަސައްކަތުގެ 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ ޢިއުލާނުކުރީމެވެ.

 

13 ޛުލްޤައިދާ 1443 ހ.

13 ޖޫން 2022
ހޯދާ