ދިވެހިރާއްޖެ
ނޫސް ބަޔާން.
މި މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންގެންދާ ހަފްތާރެސް ޕްރޮގްރާމްތަކުގެ ތެރެއިން ރ.އުނގޫފާރުގައި ކުރިއަށްދިޔަ ޕްރޮގްރާމްގެތެރެއިން، ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއްކަމަށްބުނެ ދައުރުވަމުންދާ ވާހަކައަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކައެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާތާ ތިންއަހަރު ފާއިތުވެފައިވާއިރު އެފަދަ އެއްވެސް ކަމެއް ހިންގާފައި ނުވާނެކަން އަދި ނުހިންގާނެކަމުގެ ޔަޤީންކަންދެމެވެ. އަދި މިހާހިސާބަށް އެތައް ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު އެއްވެސް ރަށަކުން އެއްވެސް ޝަކުވާއެއްވެސް އައިސްފައިނުވާކަން ފާހަގަ ކުރަމެވެ.
މި ޕްރޮގްރާމްތަކަކީ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާ ދިރިއުޅުމުގެ ރީތިއާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިފަދަ ރަނގަޅު މަޤްސަދެއްގައި މުޖުތަމައަށް ފައިދާވާގޮތަށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުބާރު ގެއްލޭގޮތަށް މިފަދަ އަސްލެއްނެތް ވާހަކަތައް ނުފެތުރުމަކީ މި މިނިސްޓްރީގެ ވަރަށްބޮޑު އެދުމެކެވެ.