މަޤާމު
|
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/11,000 ރުފިޔާ
- ސަރވިސް އެލަވަންސް: -/8,000 ރުފިޔާ
|
ޝަރުޠު
|
- ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީޢަތާއި އަދި ޤާނޫނުގެ ދާއިރާއިން ނުވަތަ އެކައުންޓިންގ ނުވަތަ އޮޑިޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތް ކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައި ނުވުން.
- ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށް، ތަޙްޤީޤު ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު
|
ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި، މިނޫނަސް ގަވާއިދު ހުއްދަނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، މިބާވަތުގެ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ހަމަޖައްސާ މައްސަލަތައް ތަޙްޤީޤުކުރުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑު
|
30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށް ފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
- ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015214 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|