މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާ ގުޅޭ

އިޢުލާން

 

ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާ ގުޅޭ

 އަލިފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތައް ކުނިކަހާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

މަޢުލޫމާތު ސެޝަން:

16 ޖޫން 2022  (10:00ގައި ރ އަލިފުށީ ކައުންސިލްގެ އިދާރާގައި)

ބިޑް ރަޖިސްޓްރީ ކުރުން:

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2022 ޖޫން  13 އިން 2022 ޖޫން20  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

21 ޖޫން 2022 11:00ށް (އަލިފުށީ ކައުންސިލްގެ އިދާރާގައި)

 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތައް

- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.

 

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:

މަސައްކަތުގެ އަގަށް: % 100 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖޫން 2022
ހޯދާ