ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ ބަރާސީލް އަވަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
ގދ.ތިނަދޫ ބަރާސީލް އަވަށުގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2022/73 (15 މެއި 2022) އިޢިލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިދެންނެވި އިޢުލާން ބާޠިލްކޮށް، އަލުން މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2022 އިން 21 ޖޫން 2022 އަށް ތިރީގައި ދެންނެވިފައިވާ މުއްދަތުގައި މި އިދާރާއަށް ވަޑައިގެން ރަޖިސްޓަރ ކުރުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
13 ޖޫން 2022 އިން 21 ޖޫން 2022 އަށް |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
03 ޖުލައި 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތުގެ ބީ.އޯ.ކިއު، ބިޑްހުށަހަޅުއްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް، ބީލަން ފޯމް އަދި މަސައްކަތާއި ގުޅުންހުރި ކުރެހުންތައް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.