ދިވެހިރާއްޖެ
(IUL)242-A/242/2022/15 : ނަންބަރ
އިޢުލާން
ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ރާވާ ހިންގާނެ ޖަމިއްޔާއެއް ހޯދަން ބޭނުންވެއްޖެ.
ގދ. އަތޮޅު ކައުންސިލުން މުޅިރާއްޖެއަށް ހުޅުވާލައިގެން އެތްލެޓިކްސް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫ ސްޓޭޑިއަމްގައި 11 ސެޕްޓެމްބަރ 2022 ން 15 ސެޕްޓެމްބަރ 2022އަށެވެ. އަދި މި މުބާރާތް އިންތިޒާމްކޮށް ހިންގުމަށްޓަކައި ޖަމިއްޔާތަކަށް ޕްރޮޕޯސަލްތައް ހުށެހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ޖަމްޢިއްޔާތަކުން، މި މުބާރާތް ހިންގާނެގޮތުގެ ޕްރޮޕޯސަލް، 22 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލްއެޑްރެސް [email protected]އަށް ފޮނުވައި ދެއްވުން އެދެމެވެ. އަދި މި މުބާރާތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6841032 ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރީމެވެ.
12 ޒުލްޤައިދާ 1443
13 ޖޫން 2022