ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނިބުއިމާއި ލުއިކާނާ ވިއްކުމަށް 02 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

09 ޖޫން 2022

ނަންބަރު:

IUL)401-E/401/2022/167

09 ޛުލްޤަޢިދާ 1443

އިޢުލާނުގެ ވަނަ:

02

ފިނިބުއިމާއި ލުއިކާނާ ވިއްކުމަށް 02 ބިން ކުއްޔަށް ދޫކުރުން

 

ފިނިބުއިމާއި ލުއިކާނާ ވިއްކުމުގެ ވިޔަފާރިކުރުމަށް ލ. ފޮނަދޫ އިން 02 ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)401-E/401/2022/47 (27 ޖެނުއަރީ 2022) އިޢުލާނާއި ގުޅިންގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ފުރިހަމަ ނުވާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ. އަދި އަލުން ބިން ކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް:

1-       ކުރިގަމު ޕާކު ހުޅަނގުދެކުނު ކަންމަތިން 336 އަކަފޫޓް ގެ ބިން

2-       މެދުއަވަށު ކުޅޭބިމުގެ ހުޅަނގުއުތުރު ކަންމަތިން 1200 އަކަފޫޓް ގެ ބިން

 

ބީލަމުގައި ރަޖިސްޓްރީވުން

  • ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަން ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ  ބިމަކަށް -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކެވެ.

-      ކުރިގަމު ޕާކު ސަރަހައްދު ބިމަށް ހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް: https://bit.ly/3NDgz1d

-      މެދުއަވަށު ކުޅޭބިން ސަރަހައްދު ބިމަށް ހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް: https://bit.ly/3tlNpf2

  • ރަޖިސްޓްރީ  ކުރުމަށް ހަމަޖެހިފައިވަނީ  21 ޖޫން 2022 (އަންގާރަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.  

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިން ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލްކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 03 ޖުލައި 2022 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.
  • ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 03 ޖުލައި 2022 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

 

 

 

 

 

09 ޖޫން 2022
ހޯދާ