މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބެލެހެއްޓޭނެ ސެކިއުރިޓީ ސިސްޓަމެއް އަމިއްލަ ޚަރަދުގައި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް)

(IUL)321-A/321/2022/112 :ނަންބަރު                  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

            ބ. ތުޅާދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބެލެހެއްޓޭނެ ސެކިއުރިޓީ ސިސްޓަމެއް އަމިއްލަ ޚަރަދުގައި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2022/95 (25 މޭ 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2022 ޖޫން 13 ން  2022 ޖޫން 21 ވާ އަންގާރަ ދުވަހުގެ 10:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/y8MpkFnmJpmKnyCx9

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް؛

ތަން:  ތުޅާދޫ ކައުންސިލްގެ އިދާރާ/ ބައްދަލުކުރާ ކޮޓަރި

ތާރީޚް: 20 ޖޫން 2022

ދުވަސް: ހޯމަ

ގަޑި: 11:00

މި ބީލަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ، 2022 ޖޫން 22 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާނުގައި އީމެއިލް މެދުވެރިކޮށް ޙިއްޞާކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ/ ބ. ތުޅާދޫ

ފޯން:  6600043

އީމެއިލް [email protected]:

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12  ޖޫން  2022

12 ޖޫން 2022
ހޯދާ