ލ.އިސްދޫ އިން ކުއްޔަށް ދޫކުރުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިވަގުތު ހުސްކޮށްހުރި ތިރީގައިމިވާ ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް:
|
#
|
ބިމުގެ
ނަންބަރ
|
ބިމުގެނަން / ބިން އޮތްތަން
|
ކުއްޔަށްދޭ ބޭނުން
|
ބިމުގެ ބޮޑުމިން
|
ބިންކުއްޔަށް ދޫކުރާ މުއްދަތު
|
ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގު
|
1
|
TZ-1
|
ޓުއަރިޒަމް ސަރަޙައްދު
|
ހޮޓާ، ރެސްޓޯރަންޓް، ކެފޭ ހިންގުމަށް
|
3000 އަކަފޫޓު
|
25 އަހަރު
|
0.50 ލާރި
|
2
|
IV-1
|
އިންޑަސްޓްރިއަލް ވިލެޖް
|
މަސްކައްކައި ހިއްކުމާއި، ލޮނުމަސް އަޅުމަށް
|
3000 އަކަފޫޓު
|
15 އަހަރު
|
0.30 ލާރި
|
3
|
IV-2
|
އިންޑަސްޓްރިއަލް ވިލެޖް
|
މަސްކައްކައި ހިއްކުމާއި، ލޮނުމަސް އަޅުމަށް
|
3000 އަކަފޫޓު
|
15 އަހަރު
|
0.30 ލާރި
|
4
|
IV-3
|
އިންޑަސްޓްރިއަލް ވިލެޖް
|
ގެރި، ބަކަރި، ދޫނިސޫފާ ސޫފި، ކުކުޅު ގެންގުޅުމަށް
|
2000
އަކަފޫޓު
|
10 އަހަރު
|
0.15 ލާރި
|
5
|
IV-4
|
އިންޑަސްޓްރިއަލް ވިލެޖް
|
ގެރި، ބަކަރި، ދޫނިސޫފާ ސޫފި، ކުކުޅު ގެންގުޅުމަށް
|
2000
އަކަފޫޓު
|
10 އަހަރު
|
0.15 ލާރި
|
6
|
IV-5
|
އިންޑަސްޓްރިއަލް ވިލެޖް
|
ގެރި، ބަކަރި، ދޫނިސޫފާ ސޫފި، ކުކުޅު ގެންގުޅުމަށް
|
2000
އަކަފޫޓު
|
10 އަހަރު
|
0.15 ލާރި
|
7
|
IV-6
|
އިންޑަސްޓްރިއަލް ވިލެޖް
|
ގުދަންކުރުމަށް
|
3000 އަކަފޫޓު
|
10 އަހަރު
|
0.20 ލާރި
|
8
|
IV-7
|
އިންޑަސްޓްރިއަލް ވިލެޖް
|
ގުދަންކުރުމަށް
|
3000 އަކަފޫޓު
|
10 އަހަރު
|
0.20 ލާރި
|
9
|
IV-8
|
އިންޑަސްޓްރިއަލް ވިލެޖް
|
ގުދަންކުރުމަށް
|
3000 އަކަފޫޓު
|
10 އަހަރު
|
0.20 ލާރި
|
10
|
IV-9
|
އިންޑަސްޓްރިއަލް ވިލެޖް
|
ވަޑާންކުރުމަށް
|
3000 އަކަފޫޓު
|
15 އަހަރު
|
0.30 ލާރި
|
11
|
J-5
|
ބަނދަރު ސަރަޙައްދު
|
ގާޑިޔާ ހިންގުމަށް
|
1200 އަކަފޫޓު
|
05 އަހަރު
|
0.50 ލާރި
|
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިބިންތަކަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށް ފަހު މިކައުންސިލަށް ހުށަހަޅާ ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމަންޓް އަގަކީ ހޮޓާ، ރެސްޓޯރަންޓް، ކެފޭ ބިމަކަށް -/1500 ރުފިޔާ، މަސްކައްކައި ހިއްކުމާއި، ލޮނުމަސް އަޅާ ބިމަކަށް -/900 ރުފިޔާ، ގެރި، ބަކަރި، ދޫނިސޫފާ ސޫފި، ކުކުޅު ގެންގުޅުމަށް ދޫކުރާ މިބަމަށް -/300 ރުފިޔާ، ގުދަންކުރުމަށް -/600 ރުފިޔާ، ވަޑާންކުރުމަށް -/900 ރުފިޔާ އަދި ގާޑިޔާ ބިން -/1200 ރުފިޔާއެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑް ޑޮކިއުމަންޓަށް ފައިސާ ބަލައިގަތުންމަށް ހަމަޖެހިފައިވަނީ 12 ޖޫން 2022 (އާދިއްތަ) ދުވަހުން ފެށިގެން 23 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށް އިސްދޫ ކައުންސިލުގެ އިދާރާއަށެވެ.
މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިންތައް ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.isdhoo.gov.mv
އިން ލިބެން ހުންނާނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖޫން 2022 (ހޯމަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
- ޕްރޮޕޯސަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ކުއްޔަށް ހިފުމަށް އެދޭ ބިމުގެ ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2022 (ހޯމަ) ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|