ދިވެހިރާއްޖެ
ކޯސްތަކަށް ދަރިވަރުން ނެގުމަށް ކުރެވިފައިވާ ނަމްބަރ (IUL)160-AS/1/2022/52 ( 8 ޖޫން 2022 ) އިޢުލާން ބާޠިލް ކޮށް އަލުން ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލީމެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ( މާލެ މަރްކަޒު ) ގައި 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 90 ޖާގަ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޖާގަ: 60 ޖާގަ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 60 ޖާގަ
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު:2 ސެމިސްޓަރ
ޖާގަ: 60 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2022 ޖޫން 12 މިއަދުން ( އާދިއްތަ ) ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ( އައިޑީކާޑްގެކޮޕީ އަކާއެކު ) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) އާއެކު [email protected] އަށް މެއިލްކުރެވިދާނެއެވެ. އަދި މިމަރްކަޒުގެ ކައުންޓަރުން ވެސް ފޯމް ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި "Semester2 , 2022” ޖެއްސެވުން އެދެމެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮގަސްޓު 02 އަންގާރަ އިން 2022 އޮގަސްޓު 06 އާއި ދެމެދުއެވެ.