ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކުނގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ

     ވޭމަންޑޫ

    ދިވެހިރާއްޖެ  

                                      ނަންބަރު: (IUL)392-ADM/392/2022/18  

 

އިޢުލާން

 

ކޮޅުމަޑުލު ވޭމަންޑޫ ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

 

ވޭމަންޑޫ ކައުންސިލްގެ ނަމްބަރު (IUL)392-ADM/392/2022/12 ( 19/05/2022 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ޑޮކިއުމަންޓް ހުށަހަޅާފައި ނުވާތީވެ، ދެވަނަ ފަހަރަށް، ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި، އެއްގޮތައް ކުނިގޮނޑު ސަރަޙައްދު ސާފުކޮށް ކުނި މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ވޭމަންޑޫ ކައުންސިލަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ. ސީ ކުރަންވާނެއެވެ.

 

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

13 ޖޫން 2022 އިން 21 ޖޫން 2022 ވަނަ ދުވަހުގެ 12:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

30 ޖޫން 2022 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

 

 

 

 

 

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 13 ޖޫން 2022 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 ޖޫން 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 30 ޖޫން 2022 ވަނަ ދުވަހުގެ 10:00 ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

            12 ޛުލްޤަޢިދާ 1443

            12 ޖޫން 2022

12 ޖޫން 2022
ހޯދާ