ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: D-381/IUL/2022/47 އިޢުލާންގެ މުއްދަތު ހަމަވިފަހުން ގިނަފަރާތްތަކަކުން ނައިޓްމާކެޓް ގައި ބައިވެރިވުމަށް އެދެމުން ގެންދާތީ، ނައިޓްމާކެޓްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފީމެވެ. ނައިޓް މާކެޓް އޮންނާނީ 2022 ޖުލައި 06 ވަނަ ދުވަހުން ފެށިގެން 2022 ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މާކެޓްގައި ވިޔަފާރި ކުރެވޭނެ ގަޑިތަކަކީ، ހަވީރު 16:00 ން ފެށިގެން ރޭގަނޑު 23:00 އަށެވެ. ކޮންމެ ނަމާދު ވަގުތަކަށް 20 މިނެޓް މެދުކަނޑާލަންވާނެއެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ނަންގަވާ ހުށައެޅުއްވުން އެދެމެވެ. ފޯމް ލިބެން ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށް މިއިދާރާގެ އިދާރީ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އާއި ދެމެދު މިއިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުންނެވެ. ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ، 2022 ޖޫން 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ފޯމް ބަލައެއް ނުގަނެވޭނެއެވެ.
މި މާކެޓްގައި ވިޔަފާރިކުރުމަށް މޭޒުބެހެއްޓޭ އަގަކީ، 1000.00 (އެއްހާސްރުފިޔާ) އެވެ. ކެންޓީނަށް ދޫކުރެވޭ މޭޒުގެ އަގަކީ 1500.00 (ފަނަރަސަތޭކަ) ފައިސާ ދެއްކެވުމަށް ޓްރާންސްފަރ ކުރެވިދާނެއެވެ. Account Number : 7730 000135 156، Account Name : 1430 Revenue 01 ޓްރާންސްފަރ ކުރައްވާއިރު ރިފަރެންސްގައި ފައިސާ ދައްކަވާ ބޭނުން ލިޔުއްވުންއެދެމެވެ. އަދި ސްލިޕް 7767438 ނަންބަރަށް ވައިބަރ ކުރައްވާނެއެވެ. ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށައަޅާ ފަރާތްތާއެކު ބާއްވާ ބައްދަލުވުން 2022 ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ބިލްޑިންގ ގައި އޮންނާނެއެވެ.
ނައިޓްމާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ކުރެވޭނީ، މިއިދާރާއިން ކަނޑައަޅާ ބިމުގެ އޭރިޔާގައެވެ. ނައިޓްމާކެޓް އޮންނަ ވަގުތު ރަސްމީހުއްދައިގެ ދަށުން ވިޔަފާރިކުރާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނައިޓްމާކެޓް ސަރަޙައްދުގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ނައިޓްމާކެޓް ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު މިއިޢުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ.